8B Blog

ޝަހީދުންގެ ދުވަސް

 
Picture of Ahmed Wifag Waseem (Admin)
ޝަހީދުންގެ ދުވަސް
by Ahmed Wifag Waseem (Admin) - Tuesday, 17 May 2016, 1:30 PM
 


8 މޭ 2016


މިއަދަކީ
ދިވެހިރާއްޖޭގެ މިއަހަރުގެ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހަކީ ޤައުމުގެ މިނިވަންކަންރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި ދިވެހި ދަރީންގެހަނދާންތައް އާކުރެވޭ ދުވަހެވެ. އަދި އެފަޚުރުވެރި މުޖާހިދުންނަށް ޙައްގު ޝުކުރާއި ތަޢުރީފު އަދާކުރުމުގެ ދުވަހެވެ. އެ މާތް ބަޠަލުންގެ ޖިހާދުންޢިބްރަތް ލިބިގަތުމާއި، އެ މަގުގައި ހިނގުމަށްޢަޒުމް ކަނޑައެޅުމުގެ ދުވަސް ވެސް މެ އެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވާ އެންމެޚާއްސަ ބަޠަލަކީ އައްސުލްޠާން ޢަލީ ހަވަނަ ސިރީއައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. މިއީދިވެހި ޤައުމުގައި އުފެދުނު އެންމެ މަތިވެރިޝަހީދު ކަމުގައިވާ ޢަލިރަސްގެފާނެވެ. ޕޯޗްގީޒުންދިވެހިރާއްޖެ އަށް ދިން އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލައިން މި ލޮބުވެތި ދިވެހި ޤައުމުދިފާޢު ކުރެއްވުމަށްޓަކައި އެ ރަސްގެފާނު ޖިހާދުކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ތާރީޚީ ޙާދިސާހިނގީ ހިޖުރައިން 1 ޝަޢުބާން 965 ގައެވެ.

މި އަދަކީ މިތާރީޚީ ހާދިސާ އަށް 472 އަހަރުފުރުނު ދުވަހެވެ. މިއަދު ޝަހީދުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޢަލިރަސްގެފާނާއި އަދިމިނޫން ވެސް ޤައުމުގެ އަގުހުރި ޝަހީދުން ޤައުމަށްޓަކައި ވެ ވަޑައިގެންނެވި ޤުރުބާނީން ޢިބްރަތް ޙާސިލްކުރަމުން ހަނދާން ކުރަން ޖެހޭއެންމެ މުހިންމު ނުކުތާ އަކީ ދިވެހި ޤައުމަށްމިހާތަނަށް ކުރިމަތިވި ބޭރުގެ ހުރިހާ ޢުދުވާނީ ޙަމަލައެއްގައި ދިވެހީންގެ ބަޔަކު ބައިވެރިވެފައިވާކަމެވެ. ޤައުމުގެ ޚާއިނުން ކަމުގައި ވެފައިވާކަމެވެ. އެހެންކަމުން މިފަދަކަމެއް ދެން މިޤައުމުގައި ތަކުރާރު ވިޔަ ނުދިނުމަށް އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ޢަޒުމް ކަނޑައެޅުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އަދި އެ ޢަޒުމުގައި ވަރަށްވެސް ސާބިތުކަމާއެކު އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރަންޖެހެއެވެ. އޭރުން ކުރިމަގުގައި އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަށް ބޭރުގެމިފަދަ ޢުދުވާނީ ޙަމަލާތައް ކުރިމަތިވުމުގެ ދޮރުބަންދުވެގެން ދާނެ ކަމީ ދިވެހި ތާރީޚުން ފެންނަންއޮތް ހަގީގަތެކެވެ.