Site news

އިރުޝާދިއްޔާ ސްކޫލުގެ 2016 ވަނައަހަރުގެ ދިވެހި ދުވަސް ފާހަގަކޮށްފި

 
Picture of Ahmed Wifag Waseem (Admin)
އިރުޝާދިއްޔާ ސްކޫލުގެ 2016 ވަނައަހަރުގެ ދިވެހި ދުވަސް ފާހަގަކޮށްފި
by Ahmed Wifag Waseem (Admin) - Sunday, 17 April 2016, 1:03 PM
 


އިރުޝާދިއްޔާ ސްކޫލުގެ " ދިވެހި ދުވަސް 2016 " ފާހަނގަކުރުމުގެ ޙަރަކާތްތައް އޭޕްރީލް 14 ވަނަދުވަހުގެ ހަވީރު 4:00 ގައި ބާއްވައިފިއެވެ. ދިވެހި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރިވަރުން ދިވެހި ބަހާއި އަދަބިއްޔާތާއި ގުޅޭ އެކިއެކި ޙަރަކާތްތަކާއި ދިވެހިންގެ ޘަޤާފަތް ދައްކުވައިދޭ އެކިއެކި ޙަރަކާތްތައް ހިންގާފައިވެއެވެ. އެގޮތުން ޅެންކިޔުމާއި ރައިވަރާއި ބަނދި ކިޔުންފަދަ އަދަބީ ޙަރަކާތްތަކާއި ތަމްސީލްތައް ދަރިވަރުން ގެނެސްދެވުނެވެ. މީގެ އިތުރަށް ދިވެހި ޖަމުއިއްޔާއިން ހިންގި އެކިއެކި ޙަރަކާތްތަކުން ވަނަވަނަ އަށް އައި ދަރިވަރުންނަށް ހަނދާނީ ލިޔުން ދެވުނެވެ.